ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭންވީ ރަށްރަށުގެ ސިއްހީ މަރުކަޒުގައި: ރައީސް ނަޝީދު

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދޭންވީ އެމީހަކު ނިސްބަތްވާ ރަށެއްގެ ސިއްހީ މަރުކަޒުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައ...

09 Mar 2020 | 06:48

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދޭންވީ އެމީހަކު ނިސްބަތްވާ ރަށެއްގެ ސިއްހީ މަރުކަޒުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ ކޯވިޑަށް ތައްޔާރުވުމަށް ސަރުކާރުން އަޅަމުންދާ އަދި އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް 19ގައި ބަލިމީހާ އެހެން ރަށަކަށް ބަދަލުކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. ބަދަލުގައި އެ ރަށެއްގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު އެ ރަށެއްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބަލި ނުޖެހޭނެހެން ދިރިއުޅުން ބަދަލުކުރަން ޖެހޭ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ގައުމަކުން މީހުން އައުން މަނާކުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައިވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ކޯވިޑުން ސަލާމަތްވުމަށް ސަރުކާރުން ވަނީ މިހާރުވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މިހާރު ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތަކީ ކޯވިޑަށް ޝައްކު ކުރެވޭ މީހާ ވަކި ތަނެއްގައި ކަރަންޓީނު ކުރުމެވެ. އެކަމަށް ފެސިލިޓީތަކެއް ވަނީ ގާއިމް ކޮށްފައެވެ. އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުންވެސް މިކަން ކުރަމުން އަންނަ އެންމެ ހަރުދަނާ އެއް ގޮތަކީ މިއީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް