އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި ސިފައިންގެ މީހަކު މަރުވެފަ އޮއްވަ ފެނިއްޖެ

ކ. އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި އެމްއެންޑީއެފްގެ ސާޖަންޓް ޔައުގޫބް އަހުމަދު މަރުވެއްޖެ އެވެ. އޭނާ އަކީ ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެކެވެ. އެމްއެންޑީއެފުން ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަށް ޔައުގޫބ...

09 Mar 2020 | 06:28

ކ. އެނބޫދޫ ފަޅަށް މަސް ހިފަން ފޭބި އެމްއެންޑީއެފްގެ ސާޖަންޓް ޔައުގޫބް އަހުމަދު މަރުވެއްޖެ އެވެ.

އޭނާ އަކީ ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެކެވެ.

އެމްއެންޑީއެފުން ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަށް ޔައުގޫބު ފަޅުތެރެއަށް ފޭބި ގޮތަށް ނުފެނިގެން ރިޕޯޓު ކުރީ މިއަދު ކަމަށެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ޔައުގޫބު މަރުވެފައި އޮއްވަ ފެނުނީ ކަނޑުގެ 20 މީޓަރު އަޑިންނެވެ.

އުމުރުން34 އަހަރުގެ ޔައުގޫބަކީ ގދ. ހޯޑެއްދޫއަށް ނިސްބަތްވާ މީހެކެވެ.

ޔައުގޫބު ވަނީ2007 ން ފެށިގެން2018 އާއި ދެމެދު ގައުމީ އެތްލެޓިކްސް މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފަ އެވެ. ޖެވެލިންގެ އިތުރުން އޭނާ މަޝްހޫރުވެފައިވަނީ ދުރު ރާސްތާ ދުވުންތެރިއެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް