ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފުރަތަމަ ފަހަރަށް މިސްރުގައި މީހަކު މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިސްރުގައި މަރުވެފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ 60 އަހަރުގެ މީހެކެވެ. އޭނާ މިސްރަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވެފައިވަނީ ބަލީގެ އަލާމަތްތައް ފެނި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ. މީގެ ހަތް ދުވަސް ކުރިން މިސްރަށް ދިޔަ އެމީހާ ވައިރަހަށް ޕޮޒިޓިވްވީ ހޮނިހިރު ދުވަހު އެވެ.
މިހާރު މިސްރުގައި ކޮރޮނާ ވައިރަސް ޖެހިފައިވާ 55 މީހަކު އެބަތިބި ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކުރެ އެވެ.
ޗައިނާ ފިޔަވާ ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދަނީ އިޓަލީ އާއި އީރާން އަދި ސައުތް ކޮރެއާގައި އެވެ. އިޓަލީގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ200 އިން މައްޗަށް ގޮސްފަ އެވެ.
ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް އެ ގައުމުގައި ކޮންޓްރޯލް ވަމުންދާއިރު ވައިރަސް ޖެހިފައިވާ މީހުން ދުނިޔޭގެ95 ގައުމަކުން ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް