ނާޗަރަންގީ ޖަގަހަތަކަށްވުރެ ޒުވާނުންނަށް ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާ އަބުރުވެރި ދިރިއުޅުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވެފައވަނީ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށެވެ. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށް ކަމަށެވެ.
"ނިކަން ބައްލަވާށެވެ. ޑިގްރީއާއި މަސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުން އެދޭކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީކަމަށެވެ.
https://twitter.com/Mohamedshaheem1/status/1358694861889671168?s=08
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް