ޓްރީ ޓޮޕުން ކުރި އޮޕަރޭޝަނެއްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ގައިން އާދަޔާ ހިލާފު ބޮޑު ސިސްޓެއް ކާމިޔާބު ކަމާއެކު ނަގައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއިއެކު ލެޕަރޮސްކޮޕިކް އޮވޭރިއަން ސިސްޓެކްޓޮމީ އޮޕަރޭޝަނެއްކޮށް އާދަޔާ ހިލާފު ބޮޑު ސިސްޓެއް ވަނީ ނަގާފައެވެ. މި މަ...

09 Feb 2021 | 17:28

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުން ކާމިޔާބުކަމާއިއެކު ލެޕަރޮސްކޮޕިކް އޮވޭރިއަން ސިސްޓެކްޓޮމީ އޮޕަރޭޝަނެއްކޮށް އާދަޔާ ހިލާފު ބޮޑު ސިސްޓެއް ވަނީ ނަގާފައެވެ. މި މަހުގެ ދެވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުން މި އޮޕަރޭޝަން ކޮށްފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ.

އޮވޭރިއަން ސިސްޓެކްޓޮމީއަކީ އޯވަރީގައި އުފެދޭ ސިސްޓު ނުވަތަ ބައިވަރު ސިސްޓުތަކެއް ނެގުމަށް ކުރާ ސާޖަރީއެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރި މި ސާޖަރީގައި ބައިވެރިވި ޓީމުން ވަނީ ކީހޯލް ޕްރޮސީޖާއެއް މެދުވެރިކޮށް، ތިން ތަނުން 0.5 މިލިމީޓަރަށް ކަފާލައިގެން 25×23 ސެންޓިމީޓަރުގެ ބޮޑު ސިސްޓެއް ނަގާފަ އެވެ.

އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ތަޖުރިބާކަރު އަންހެނުންގެ ހާއްސަ ޑޮކްޓަރު އަދި ލެޕަރޮސްކޯޕިކް ސާޖަން ޑރ. ވަރުޝާ ރެންގަރާޖް އެވެ. އަދި ސާޖަރީ ކުރަން އެހީތެރިވެދިނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. މަހުމޫދު އަބޫބަކުރުއާއި ކޮންސަލްޓެންޓް އައިސީޔޫ އެންޑް އެނަސްތީސިއާ ޑރ. ބިޝްނޫ ކެސާވަން އަދި އޮޕަރޭޝަން ތިއޭޓަރުގެ ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

”އާއްމުކޮށް ކުރެވޭ އޮޕަރޭޝަންތަކާ ޚިލާފަށް މި އޮޕަރޭޝަނަކީ ބަލިމީހާއަށް ބޮޑު ތަދެއް އިޙްސާސް ކުރަން ނެޖެހި، އަވަހަށް ރަނގަޅުވެ އާއްމު ދިރިއުޅުން އެންމެ އަވަހަށް އިޔާދަ ކުރެވޭފަދަ އޮޕަރޭޝަނެކެވެ." މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވަރްޝާ ވަނީ ވިދާޅުވެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންގެ ޚާއްސަ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތެރޭގައި ރަހިމު ނެގުމާއި ރަހިމުގައި އުފެދޭ ސިސްޓް އަދި ފައިބްރޮއިޑް ނެގުން ހިމެނެއެވެ. މީގެ އިތުރުން، ލެޕަރޮސްކޯޕިކް އެންޑޯމެޓްރިއޯސިސް ސަރޖަރީ، ޓިއުބަލް ބްލޮކް ރަގަނޅުކުރަން ހަދާ ހިސްޓެރެކްޓޮޕިކް ކެނޫލޭޝަން، އަދި ޕޮލިޕް ނަގަން ހަދާ ހިސްޓެރޮސްކޯޕީ ވެސް ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރާ ސާޖަރީތަކާއި ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް