ކޮވިޑަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލް ވެކްސިން ޖެހި މީހުންގެ އަދަދު 16 ހާހަށްވުރެ މައްޗަށްގޮސްފިއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު އެކަނި 3306 މީހަކަށް ވެކްސިން ދީފައިވެއެވެ. އޭގެ ތެރެއިން 2792 މީހަކަށް މި ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައެވެ. ރަށްރަށުގައި މިއަދު 514 މީހަކަށް ވެކްސިން ދީފައިވެއެވެ.
މިއާއެކު، ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދިން ޖުމްލަ އަދަދު މިވަނީ 16251 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން 13418 އަދި ރަށްރަށުން 2833 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް