ކޮވިޑަށް މިއަދު ރާއްޖެއިން 192 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ރާއްޖެއިން 192 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 154 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. 11 މީހަކު ޕޮޒިޓިވް ވެފައިވަނީ ރަށް ރަށުންނެވެ. ރިސޯޓްތަކުން 27 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މި އަދަދުތަކާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 17 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 2216 އަށް އަރާފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 204 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް