ފުވައްމުލަކު ސިޓީން ނެގި ރެންޑަމް ސާމްޕަލްތަކެއް ޕޮސިޓިވްވެ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުގައި މިހާތަނަށް 150 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ޓެސްޓު ކުރި ދެ ސާމްޕަލެއް ޕޮސިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމެންދެން ނެވެ.
ފުވައްމުލަކު ސިޓީގައި މިވަގުތު އިތުރު4 ޕޮސިޓިވް މީހުން އެބަތިއްބެވެ. އެކަމަކު އެމީހުން ތިބީ ހޯމް ކަރަންޓީންގައި ކަމުން އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ދެކުނުގެ އާބާދީ ބޮޑެތި ރަށްރަަށުގައި ބަލި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް އުފެދި މުޅި ސިޓީ އޮތީ ލޮކްޑައުންކޮށްފައި އެވެ. މިހާތަނަށް އެ ސިޓީގެ ގުޅިފަައިވާ ރަށްތަކާއި ހުޅުމީދޫއިން 45 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި ގދ. ތިނަދޫއިން ތިން މީހަކު ޕޮސިޓިވްވެ އެ ރަށްވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް