ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ސޭފަރ އިންޓަނެޓް ދުވަހާ ގުޅިގެން ފުލުހުންނާއި ވުމަން އިން ޓެކް އެމްވީ ގުޅިގެން ހާއްސަ ކުއިޒެއް ފަށައިފިއެވެ.
މިއަދުން ފެށިގެން ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ކުއިޒަކީ ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި ވިމެން އިން ޓެކް މޯލްޑިވްސް އާދެމެދު ސޮއިކުރެވުނު ފަހުމާނާމާގެ ތެރެއިން ހިންގާ ފުރަތަމަ ހަރަކާތެވެ. އަދި މިއީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ސޭފަރ އިންޓަނެޓް ޑޭ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ސައިބަރ ސޭފްޓީ އާގުޅޭ ސުވާލުތައް ހިމަނައިގެން ކުރިއަށް ގެންދާ މި ކުއިޒް ފުރިހަމަކުރުމުން އޮންލައިންކޮށް ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އަދި ސެޓްފިކެޓް މީސްމީޑިއާގައި #CyberRakkaa ހޭސްޓެގް ބޭނުންކުރުމަށްފަހު ޝެއަރކުރުމުން ކުއިޒްގެ ބައިތައް ފުރިހަމަވެގެންދާނެއެވެ.
ބައިނަލް އަޤްވާމީ ސޭފަރ އިންޓަނެޓް ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ކުއިޒް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ 15 ފަރާތަކަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް