އއ. ތޮއްޑޫގައި ސައިކަލެއްގައި ރޯކޮށްލައިފިއެވެ. ވީޑިއޯއިން ފެންނަ ގޮތތުގައި ސައިކަލް ވަނީ އެއްކޮށް އަނދާފައެވެ.
ފުލުހުން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. 'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ޕޮލިސް މީޑިޔާގެ ފަރާތުން ބުނެފައިވަނީ، ތޮއްޑޫ ދަނޑު ހައްދާ ސަރަހައްދުގައި ހުރި ސައިކަލް އެއްގައި އަލިފާން ރޯ ކޮށްލާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ.
ފުލުހުނަަށް މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 12:44 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުހުލުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް