ދެކޮޅަށް ވާހަކަ ދައްކަނިކޮށް ޑރ. ވަހީދާއި ޑރ. ޖަމީލް ކޮވިޝީލްޑް ވެކްސިން ޖައްސަވައިފި

އިދިކޮޅު ކޯލިޝަނުން ރާއްޖެއިން ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިނާއި މެދު ސުވާލު އުފައްދަމުން ދަނިކޮށް ޕީޕީއެމްގައި މިވަގުތު އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުން ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ...

09 Feb 2021 | 11:46

އިދިކޮޅު ކޯލިޝަނުން ރާއްޖެއިން ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިނާއި މެދު ސުވާލު އުފައްދަމުން ދަނިކޮށް ޕީޕީއެމްގައި މިވަގުތު އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުން ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

މިވަގުތު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނިވަޑައިގެންނެވަ އެވެ.

މި ދެބޭފުޅުން ވަނީ ކޯވިޑް-19 ވެކްސިން ޖައްސަވާފައި އެވެ. މިއީ އިދިކޮޅު ސަޕޯޓަރުން މިސާލު ނަގަން ޖެހޭ ކަމެކެވެ.

ރާއްޖޭގައި ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިން އަކީ އިންޑިއާއިން ތަހުލީލު މަރުހަލާގައި ބޭނުން ކުރާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅުން އަޑު ފެތުރި އެވެ. އަދި މި ވެކްސިން އަކީ ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ދީފައިވާ ވެކްސިނަކަށް ނުވާތީ ރާއްޖޭގައި ބޭނުން ކޮށްގެން ނުވާނެ ކަމަށް ގޮވާލާ މުޒާހަރާ ކުރި އެވެ.

https://twitter.com/DrWaheedH/status/1358422534815842311

އިދިކޮޅު ފަރާތްތަކުން ވަނީ މި ވެކްސިން އާއި ދެކޮޅަށް މުޒާހަރާ ކޮށް ވެކްސިންގެ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ދަރުބާރުގޭ ކައިރިއަށްވެސް މީގެ ކުރިން އެއްވެފައި އެވެ.

ރާއްޖޭގައި ބޭނުން ކުރާ ކޮވިޝީލްޑް ވެކްސިންއަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ވެކްސިނަށް ދީފައިވަނީ ވަގުތީ ހުއްދައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް