ކުރީގެ އެކްޓަރު ރަޖީވް ކަޕޫރު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ އެކްޓަރު ރަޖީވް ކަޕޫރު މަރުވެއްޖެ އެވެ. އުމުރުން 58 އަހަރުގެ ރަޖީވް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ރަޖީވް އަކީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ރިޝީ ކަޕޫރު އަދި ކަރިޝްމާ ކަ...

09 Feb 2021 | 10:43

ބޮލީވުޑްގެ ކުރީގެ އެކްޓަރު ރަޖީވް ކަޕޫރު މަރުވެއްޖެ އެވެ.

އުމުރުން 58 އަހަރުގެ ރަޖީވް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ރަޖީވް އަކީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ރިޝީ ކަޕޫރު އަދި ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރުގެ ބައްޕަ ރަންދީރު ކަޕޫރުގެ ކޮއްކޮ އެވެ.

އިންޑިއާގެ ބޮލީވުޑްގައި ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ އެ ތިން ފިރިހެނުންގެ އިތުރުން އެ އާއިލާގައި ތިބޭ އަންހެނުންނަކީ ރީމާ ކަޕޫރާއި ރީތޫ ނަންދާ އެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ކަރީނާ އަދި ކަރިޝްމާގެ ބައްޕަ ރަންދީރާއި ރީމާ އެވެ.

ރީމާ އަކީ އެކްޓަރުން ކަމަށްވާ އާދާރު އާއި އަރުމާން ޖެއިންގެ މަންމަ އެވެ.

ރަޖީވް ލީޑްރޯލް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1983 ވަނަ އަހަރު ރިލީޒް ކުރި "އޭކް ޖާން ހޭ ހާމް" އަދި 1985 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ރާމް ތޭރީ ގަންގާ މައެލީ" ހިމެނެ އެވެ.

އޭނާ ޑައިރެކްޓު ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ރިޝީ ޕަކޫރާއި އަންހެނުން ނީތޫ ކަޕޫރު ލީޑްރޯލު ކުޅުނު ފިލްމު "ޕްރޭމް ގްރަންތް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް