ލަވަޔާއި މިއުޒިކް ހުއްދަކަމަށް ބުނެ ބަހުސްކުރެވެމުން މިދާ ވަޤުތުގައި ޑރ. އަބްދުއްސައްތާރުގެ ވާހަކަ ކޮޅަށްވެސް ބަލައިލަމާ ހިނގާށެވެ.
”އަޅުގަނޑު ދަންނަވާނީ ލަވަ މިއުޒިކާއެކު ޙަރާމްވާނެކަމަށް“ މިއީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު މިއުޒިކުގެ ޙުކުމާ ބެހޭގޮތުން ވިދާޅުވި ގޮތެވެ. އެ ވީޑިއޯގައި މިއުޒިކް ޙަރާމްވަނީ ކީއްވެކަން އިތުރަށް ތަފްޞީލުކޮށްދީ ޑރ. ޢަބްދުއްސައްތާރު ވިދާޅުވެފައިވެއެވެ.
”އެއީ ތަޙްޤީޤު ޢިލްމުވެރިއެއް ކަމަށްވާ އަލް އިމާމުއް ޝައުކާނީ ނައިލުލް އައުޠާރުގައި ވިދާޅުވަނީ ’ގިނަ ދަންނަބޭކަލުންގެ މަޒްހަބަކީ ލަވަ މިއުޒިކާއެކު ޙަރާމްވާނެ ކަމަށް‘. އަދި އަލް އިމާމުއް ޝައުކާނީ އެކަލޭގެފާނުންގެ އެފޮތުގައި ހުއްދަކުރައްވާ ބޭކަލުންގެ ދަލީލުތަކާއި ޙަރާމްކުރައްވާ ބޭކަލުންގެ ދަލީލުތައް ބަޔާންކުރެއްވުމަށްފަހު ވިދާޅުވަނީ މިމައްސަލަ(އެބަހީ: ލަވަ މިއުޒިކާއެކު) ޝުބުހާތުގެ ދާއިރާއިން ބޭރަކަށް ނުދާނެކަމަށް. ރަސޫލާ ﷺ ޙަދީޘްކުރައްވާފަވަނީ ޝުބުހާތު ތަކުން ރައްކާތެރިވުމަށް.“ ޑރ. ސައްތާރު ވީޑީއޯގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް, އިތުރަށް ތަފްޞީލުކޮށްދެއްވަމުން ދުކްތޫރު ވިދާޅުވީ ”ހަމައެފަދައިން ޙާފިޡް އިބްނު ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވަނީ ’އެ ލަވައެއްގައި އަންހެނުންގެ ތަޢުރީފުކޮށްފައިވާ ކޮންމެ ލަވައެއް ޙަރާމްވުމާމެދު ދަންނަބޭކަލުން ދެބަސްވެވަޑައިގެންފައި ނުވާކަމަށް. ހަމައެފަދައިން ވަހްބަތުއް ޒުހައިލީ އަލް ފިޤްހުލް އިސްލާމީގައި ވިދާޅުވަނީ ’ޝާފީ މަޒްހަބުގައި ލަވަ މިއުޒިކާއެކު ޙަރާމްވާނެ ކަމުގަ.‘ އަދި ހަމަ އެފަދައިން ޝާފީ މަޒްހަބުގެ ފިޤްހު ފޮތެއް ކަމުގައިވާ އަލް ފިޤްހުލް މަންހަޖީގައި މިއުޒިކް ޖަހާ ސާމާނު ވިއްކުންވެސް ހުއްދަ ނުވާނެ ކަމަށް‘ ވިދާޅުވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް