ވިއްސާރައިގައި ތ. މަޑިފުށީ ސްކޫލަށް ލިބުނު ގެއްލުމުން އަރައިގަންނަން މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ވަނީ، މަޑިފުށީ ސްކޫލްގައި ނިމިފައި ހުރި އައު އިމާރާތުގައި ދެ ޝެޝަންއަށް ކިޔެވުން ކުރިއަށް ގެންދެވޭނެ ނިޒާމް ހަމަޖެއްސުމަށް، އެ ސްކޫލްގެ މެނޭޖްމަންތާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.
ވިއްސާރައާ ގުޅިގެން، ސްކޫލަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން ދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މިނިސްޓްރީގެ ކަމާގުޅޭ ޑިޕާޓްމަންޓް ތަކާއި މަޑިފުށީ ސްކޫލާ ގުޅިގެނ،ް އިތުރަށް ބޭނުންވާ މަރާމާތުތައްް ކުރިއަށް އެބަ ގެންދެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދަރިވަރުންގެ އުނގެނުމާއި ރައްކާތެރި ކަމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެ މުހިންމުކަމެއް ދޭ ކަންތައް ކަމުގައި މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު މަޑިފުއްޓަށް ކުރި ވިއްސާރައިގައި މަޑިފުށީ ސްކޫލަށް ވަނީ ގެއްލުން ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް