ޔޫޓިއުބް މެދުވެރިކޮށް ޗެލެންޖުކުރަން އުޅެނިކޮށް މަރުވެއްޖެ

ރަޝިޔާގެ މީހަކު ޔޫޓިއުބް މެދުވެރިކޮށް ޗެލެންޖުކުރަން އުޅެނިކޮށް މަރުވެއްޖެއެވެ. ރަޝިޔާގެ މި މީހާ ނިންމީ ލައިވްކޮށް ޔޫޓިއުބް މެދުވެރިކޮށް 1.5 ލީޓަރުގެ ރާ ބޯށެވެ. އެހެން ކަމުން އޭނާ މަރުވެފައިވެސް ވަނީ ...

09 Feb 2021 | 09:50

ރަޝިޔާގެ މީހަކު ޔޫޓިއުބް މެދުވެރިކޮށް ޗެލެންޖުކުރަން އުޅެނިކޮށް މަރުވެއްޖެއެވެ.

ރަޝިޔާގެ މި މީހާ ނިންމީ ލައިވްކޮށް ޔޫޓިއުބް މެދުވެރިކޮށް 1.5 ލީޓަރުގެ ރާ ބޯށެވެ. އެހެން ކަމުން އޭނާ މަރުވެފައިވެސް ވަނީ ލައިވްކޮށް ވީޑިއޯ ކުރިއަށް ދަނިކޮށް މީހުން ބަލަން ތިއްބައެވެ.

އޮންލައިން ނޫހެއް ކަމުގައިވާ "ދަ އިންޑެޕެންޑެންޓް" ގައި ވާގޮތުން މަރުވި 60 އަހަރުގެ ފިރިހެން މިހާއަށް ވަނީ މިކަން ކުރުމަށްޓަކާ ލާރިދީފައެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔޫރީ ނަމަކަށް ކިޔާ ފިރިހެންމީހާ ރާ ބޮމުން ގޮސް 1.5 ލީޓަރުގެ ރާ ބޮވުނު ފަހުން ވަނީ މަރުވެފައެވެ.

މިހާރަކަށް އައިސް ޔޫޓިއުބް މެދުވެރިކޮށް އެކަކަށްވުރެން މޮޅު ކަމެއް އަނެކަކު ކުރުން އާންމުވެފައިވާއިރު މި މައްސަލަ މިހާރު ބަލަމުންދާ ކަމުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް