ޔޫޓިއުބް ބަލައިގެން ނުވަތަ އިންޓަނެޓް މެދުވެރިކޮށް އެ ނޫންވެސް ގޮތްގޮތުން އަމިއްލައަށް ގޭގައި ފޭސް މާސްކް ތައްޔާރުކޮށްގެން ބޭނުންކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
ޓިކްޓޮކް ތަރި ލޯރެން ރެނީއަށް މިފަހަރު މިވަނީ މިކަހަލަ މާސްކެއް ތައްޔާރުކޮށްގެން ބޭނުންކުރުމުން ވަރުގަދަ ލަނޑެއް ލިބިފައެވެ.
އެގޮތުން ލޯރެން ރީނދޫ ބޭނުންކޮށްގެން ތައްޔާރުކުރި ރެސިޕީ އޭނާގެ މޫނުގައި ހާކާފައިވާ ފޮޓޯ ވަނީ ހިއްސާކޮށްފައެވެ. އަދި މޫނު ދޮވުމުންވެސް އޭނާގެ މޫނުމަތީގައި ހަމަ އެ ރީނދޫކުލަ ހުއްޓައި ފެންނަ ފޮޓޯއެއްވެސް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.
17000 ހަށްވުރެން ގިނަ ފޮލޯވަރުން ތިބި ލޯރެން ހިއްސާކޮށްފައިވާ މި ފޮޓޯތައް ފެނި އޭނާގެ ފޮލޯވަރުން ހަމްދަރުދީވެ ދެން ކަންތައް ކުރަންވީ ގޮތުގެ ލަފާވެސް އޭނާއަށް ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް