61 ކިލޯގެ ޑްރަގް މައްސަލައިގަ ވިޝާމް ދޫކޮށްލަން ކުރި އަމުރު ބާތިލް ކޮށްފި

ކަންނެލި ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި މާލެ، ގ. ބޮއިލިންފިޝް އަހުމަދު ވިޝާން ފުލުހުންގެ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން...

09 Feb 2021 | 06:59

ކަންނެލި ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި މާލެ، ގ. ބޮއިލިންފިޝް އަހުމަދު ވިޝާން ފުލުހުންގެ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި އެވެ.

މ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިއަދު ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓަ ބަންދުގ އަމުރު ރިވިއު ކުރަން ހާޒިރު ކޮށް ޑޮކްޓަރަށް ނުދައްކާ ކަމަށް ނިންމުމަށް ފަހު އެވެ. އެކަމަކު މިދިޔަ މަހުގެ 12 ވަނަ ދުވަހު ވިޝާމް ޑޮކްޓަރަށް ދެއްކި ކަމުގެ ލިޔުންތައް ކޯޓަށް ހުށަހެޅި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވިޝާމް އާއި އެކު މި މައްސަލައިގަ 10 މީހަކު ހައްޔަރު ކުރި އެވެ. އެ މީހުން ހައްޔަރު ކުރީ "އިރުއަލިމަސް" ކިޔާ ކަންނެލި ދޯންޏެއްގައި މަސްތުވާތަކެތި އެެތެރެ ކުރި މައްސަލައިގަ އެ ދޯންޏާއި ހުޅުމާލެ އާއި މާލޭގެ ހަތަރު ގެއެއް ބަލާ ފާސް ކުރުމަށް ފަހު އެވެ.

އެ ތަންތަނުން އަތުލައިގެން 61 ކިލޯގެ މަސްތުވާތަކެތީގެ އަގު 70 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގައި މި މީހުންނާއި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަހަރުގެ މާޗް 20 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ވަނީ މި 11 މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް