އެފްއާރުއެސްގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފި

އެފްއާރުއެސްގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފިއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) ގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ...

09 Feb 2021 | 06:39

އެފްއާރުއެސްގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) ގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް މުޙައްމަދު މުޚްތާރު، "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް