ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރު ކަމަށް ލީޒާގެ ނަން މަޖިލީހަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރު ކަމަށް އައިޝަތު ލީޒާގެ ނަނ ރައީސުލް ޖުމްހޫރިއްޔާް މަޖިލީހަށް ހުށަހަޅައިފިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރެއްގެ މުއ...

09 Feb 2021 | 04:54

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރު ކަމަށް އައިޝަތު ލީޒާގެ ނަނ ރައީސުލް ޖުމްހޫރިއްޔާް މަޖިލީހަށް ހުށަހަޅައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރެއްގެ މުއްދަތު 2020 ސެޕްޓެމްބަރ 12 އަށް ހަމަވެފައި ވާތީ، އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި، ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ފެނިވަޑައިގަތް ނަންފުޅު ވަނީ މަޖިލީހަށް ފޮނުވާފައިވެއވެ.

އެގޮތުން ރައީސް ފޮނުވާވާ ނަމަކީީ އަލްފާޟީލާ އައިޝަތު ލީޒާ (އޭރީސްް/ށ.ކޮމަންޑޫ) އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވަވާފައިވާ މައްސަލަ ދިރާސާކޮށް ގިތެއް ނިންމުމަށް އެ މައްސަލަޔާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މިއީ 2020 ސެޕްޓެމްބަރ 7 ވަނަ ދުވަހު މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވި ސިޓީއާ ހަވާލާދީ ،ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް