ދަރިން ތަރުބިއްޔަތު ކުރުމުގައި މި ކަންތައްތަކަށް ފަރުވާކުޑަ ނުކުރޭ

ދަރިންނާ ދިމާއަށް ހަޅޭއްލެވުން މިއީ މުޖުތަމަޢުގައި ވަރަށް އާންމު ކަމެކެވެ. ދަރިންނަށް ކުޑަކުޑަ ކަމެއް ކުރެވުނަސް ލޯބިން ވާހަކަ ދައްކާ ވިސްނައިދިނުމުގެ ބަދަލުގައި އެކުދިންނަށް އަޑުލައި ހެދޭތަން އާދެއެވ...

09 Feb 2021 | 04:43

ދަރިންނާ ދިމާއަށް ހަޅޭއްލެވުން

މިއީ މުޖުތަމަޢުގައި ވަރަށް އާންމު ކަމެކެވެ. ދަރިންނަށް ކުޑަކުޑަ ކަމެއް ކުރެވުނަސް ލޯބިން ވާހަކަ ދައްކާ ވިސްނައިދިނުމުގެ ބަދަލުގައި އެކުދިންނަށް އަޑުލައި ހެދޭތަން އާދެއެވެ. މި ރުޅީގައި ބައެއް ފަހަރު އެކުދިންގެ ގަޔަށް އަތްލެވޭ ތަންވެސް އާދެއެވެ. ހަނދާނުގައި ބަހައްޓަންވީ އަހަރެމެންގެ މާތް ނަބިއްޔާ ކުޑަކުދިންނަށް އޯގާތެރި ލޯބިކުރައްވާ ކަމެވެ.

އަބަދު ދަރިފުޅުގެ ކުށް ދެއްކުން

އަބަދު ދަރިފުޅުގެ ކުށް ދައްކާ އެކުދިންނަށް ބްލޭމްކޮށް ހެދުމަކީ ދަރިފުޅާ ދެމެދުގައި އޮންނަ ގުޅުން ދުރުވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އަބަދު އަމުރުކުރުން

އަބަދު އަމުރުކޮށް ދަރިން ރޮބޮޓް ތަކަކަށް ނުހަދާށެވެ. އެކުދިންނަށްވެސް ކަންކަމުގައި ވިސްނަން ވަގުތުދީ އަދި އަމިއްލަ ޑެސިޝަންތައް ނަގަން ފުރުސަތު ނުދޭނަމަ އެކުދިންގެ އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަހެއް ނުވާނެއެވެ.

ބިރުދެއްކުން

މިއީވެސް ވަރަށް އާންމުކަމެވެ. ދަރިންނަށް ބިރު ދެއްކުމުން ވަރަށް ފަސޭހައިން ކުރަން ބުނާކަމެއް ކޮށް ނުވަތަ ހުއްޓާލަން ބުނާ ކަމެއް ހުއްޓާވެސްލާފާނެއެވެ. އެހެން ނަމަވެސް އެކުދިން ބިރު ކެނޑުމުން މާ ބޮޑަށް މިކަމުން އުނދަގޫ ފޯރައެވެ.

ބަދު ދުޢާކުރުން

މައިންގެ ދުޢާ ދަރިންނަށް އިޖާބަކުރައްވާ ކަމަށް އައިސްފައި އޮވެއެވެ. އެހެން ކަމުން ދަރިން ދެކެ ރުޅި އައުމުންވެސް އެކުދިންނަށް ބަދު ބަސް ބުނެ ނުހަދާށެވެ. ފަހަރުގައި އެކަމުން ފޫ ނުބެއްދޭ ވަރުގެ ނަތީޖާއެއް ނުކުމެދާނެތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް