ޔޫއެސްޑަބުލިޔުއެޗްސީ: މުބާރާތުގެ ކުއާޓާ ފައިނަލްގައި އެލްވައިއެމް އަދި ޓީއާރުވައިގެ ވަރުގަދަ ކުރިމަތިލުން މިއަދު ހަވީރު

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުތައް  މިއަދު ހަވީރު ފެށޭއިރު، ކުއާޓާ ފައިނަ...

09 Feb 2021 | 04:36

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުތައް  މިއަދު ހަވީރު ފެށޭއިރު، ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗަކީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއްމެޗެވެ. ލާމު ޔޫތް މޫވްމަންޓް އަދި ތުނޑީ ރިވޮލިއުޝަން ޔޫތް ބައްދަލުކުރާ މި މެޗަކީ ފޯރިގަދަ އަދި ގިނަބަޔަކު ބަލާހިއްވާ ފަދަ ކުޅުމެއް ފެނިގެންދާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި މެޗުގައި އެއްކޮޅުން ބައްދަލުކުރާ ލާމް ޔޫތް މޫވްމަންޓް އަކީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އިދިކޮޅު ޓީމުތައް ލަދު ގަންނަވާލާ ފަދަ ބޮޑެތި ނަތީޖާ ތަކެއް ނެރެގެން އެއްވެސް މެޗަކުން ބަލިނުވެ، އެޓީމު ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމެވެ. އަނެއް ކޮޅުން މި މެޗުގައި ލާމް ޔޫތާއި ދެކޮޅަށް ނިކުންނަ ތުނޑީ ރިވޮލިއުޝަން ޔޫތް އަކީ ވެސް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ކުޅުމެއް ދައްކާ ކުއާޓާފައިނަލުން ޖާގަ ހޯދާފައިވާ ޓީމެކެވެ. އެހެން ކަމުން މި މެޗު ވެގެންދާނީ ގިނަ ބަޔަކު ބަލާހިއްވާ ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗެއްގެ ގޮތުގައެވެ.

ދެޓީމު ކުޢާޓާފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލުން މުހިންމުކަމުގައި ދެކެމެވެ.

ލާމު ޔޫތް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރުން،

ލާމު ޔޫތް މޫވްމަންޓް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ސައްތައިންސައްތަ ރެކޯޑަކާއި އެކުގައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ހަތަރު މެޗުންވެސް ތަފާތު ބޮޑު ނަތީޖާތަކެއް ނެރެފައިވެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،

ލާމު ޔޫތް މޫވްމަންޓ ް- އައިލެންޑް ޔޫތް ޔުނައިޓެޑް: 13-3

ލާމު ޔޫތް މޫވްމަންޓ ް- އެލްވައިޑީ ހޭންޑްބޯލް އެކަޑަމީ: 12-3

ލާމު ޔޫތް މޫވްމަންޓް - ގަން ރީޖަނަލް ހޮސްޕިޓަލް: 18-3

ލާމު ޔޫތް މޫވްމަންޓް - ޓީމް ނިރުވާނާ: 14-3

ލާމު ޔޫތް މޫވްމަންޓްގެ ފާހަގަކޮށްލެވޭ ކުޅުންތެރިން

ލާމު ޔޫތް މޫވްމަންޓްގެ މުޅި ޓީމަށް ބަލާއިރު އެޓީމުގައި ތިބީ އެއްފެންވަރެއްގެ ކުޅުންތެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިއެއް އެބަތިއްބެވެ. އެއީ އެޓީމުގެ ޖާޒީ ނަމްބަރު 12 ފާތިމަތު ޝަރުމީލާ އާއި 3 ނަމްބަރު ޖާޒީގައި ކުޅޭ ފާތިމަތު ރިފްޤާއެވެ. މި ދެކުޅުންތެރިން ފާހަގަވެގެން ގޮސްފައިވަނީ އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާ ދެކުޅުންތެރިންގެ ގޮތުގައެވެ. މީގެ ތެރެއިން ފާތިމަތު ޝަރުމީލާ އަކީ މިވަގުތު މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާވެސް މެއެވެ. އެހެން ކަމުން މިއަދުގެ މެޗުގައި ތުނޑީ ރިވޮލިއުޝަން ޔޫތްއަށް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ މި ކުުޅުންތެރިޔާކަމަށް ބެލެވެއެވެ.

ކުއާޓާފައިނަލްގައި ލާމު ޔޫތް މޫވްމަންޓްއާއި ދެކޮޅަށް ނިކުންނަ ތުނޑީ ރިވޮލިޝަން ޔޫތް ޓީމަށް ބަލާއިރު، އެޓީމު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށް އެޓީމު ހިމެނޭ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ތުނޑީ ރިވޮލިއުޝަން ޔޫތް އަކީވެސް ނަތީޖާތަކަށް ބަލާއިރު ވަކި ދެރަ ޓީމެކޭ ބުނެވޭކަށް ނެތެވެ. އެޓީމުންވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

އެގޮތުން ތުނޑީ ރިވޮލިއުޝަން ޔޫތް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،

ތުނޑީ ރިވޮލިއުޝަން ޔޫތް - ރެހެންދި: 11-5

ތުނޑީ ރިވޮލިއުޝަން ޔޫތ ް- ގޯޅި ސްޕޯޓްސް ކުލަބް: 6-7

ތުނޑީ ރިވޮލިއުޝަން ޔޫތ ް- ކުރިގަމް ކަނބަލުން :9-3

ތުނޑީ ރިވޮލިއުޝަން ޔޫތ ް- ޓީމް ރަނި: 15-5

ތުނޑީ ރިވޮލިއުޝަން ޔޫތްގައި ފާހަގަކޮށްލެވޭ ކުޅުންތެރިން

ތުނޑީ ރިވޮލިއުޝަން ޔޫތްގެ މުޅި ޓީމަށް ބަލާއިރު އެޓީމުގައި ވެސް ތިބީ އެއްފެންވަރެއްގެ މޮޅެތި ކުޅުންތެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިޔަކު އެބަތިއްބެވެ. އެއީ އެޓީމުގެ ޖާޒީ ނަމްބަރު 7 ފާތިމަތު ޖުނާ އާއި 17 ނަމްބަރު ޖާޒީގައި ކުޅޭ އާމިނަތް ލިއުޝާއެވެ. މި ދެކުޅުންތެރިން ފާހަގަވެގެން ގޮސްފައިވަނީ އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާ ދެކުޅުންތެރިންގެ ގޮތުގައެވެ. މީގެ ތެރެއިން ވެސް އާމިނަތް ލިއުޝާ ފާހަގަކޮށްލެވެއެވެ. އެހެން ކަމުން މިއަދުގެ މެޗުގައި ލާމު ޔޫތް މޫވްމަންޓް އަށް އެންމެ ބޮޑު ނުރައްކަލަކަށް ވެގެންދާނީ މި ކުޅުންތެރިޔާކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް