ގއ. މާމެންދޫައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު މަރާލި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މާރާމާރީގައި މަރާލާފައިވަނީ އެ ރަށު ލިލީ އޮފްފަ ވިލާ، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. އެ ކުއްޖާ މަރުވެފައިވަނީ ލިބުނު ޒަހަމް ތަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މާރާމާރީ ހިންގާފައިވަނީ ރޭ 10:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ ތިން މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި 23 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އެމީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މަރުވި އުދައްޔުގެ އިތުރުން މި މާރާމާރީގައި އިތުރު މީހަކު ޒަހަމްވެފައިވެ އެވެ. އެމީހާއަށްވެސް ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް