ހައި ރިސްކު ކެޓަގަރީގެ 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހ...

09 Feb 2021 | 02:43

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ނުވަތަ ހައި ރިސްކު ކެޓަގަރީގެ މީހުން މާލެ ސަރަހައްދުގައި ވެކްސިން ދެމުންދާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް 55 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދެމުންދާނެ ކަމަށެވެ.

ބޮޑެތި ބަލިތަކުގެ ގޮތުގައި ބަލަނީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެ. މި ކެޓަގަރީއަކީ އުމުރުން ދުވަސްވީ މީހުންނާއި އެކު ދެވަނަ އަށް އެންމެ އިސްކަން ދީގެން ކޯވިޑ-19 ވެކްސިން ދޭން ހަމަޖެހިފައިވާ ކެޓަގަރީ އެވެ.

ކޯވިޑް-19 ގައި އެންމެ އަވަހަށް ހާލު ސީރިއަސްވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

ރާއްޖޭގައި މިހާާތަނަށް 12،934 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 10،626 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި ވެކްސިންދީފައިވަނީ 2،308 މީހުންނަށެވެ.

މާލެ ސަރަހައްދުގައި ހަތް ސެންޓަރެއްގައި ކޯވިޑް ވެކްސިން ދެމުންދެ އެވެ. އަތޮޅު ތެރޭގައި އިއްޔެގެ ނިިޔަލަށް ވެކްސިން ދީފައިވަނީ 12 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް