ކަނޑިތީމު ފަޅުތެރޭއޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީ

ށ. ކަނޑިތީމު ފަޅުތެރޭގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 10:45 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ދޯނި އަނދަމުންދާ ސަރަރަހައ...

09 Jan 2021 | 18:30

ށ. ކަނޑިތީމު ފަޅުތެރޭގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 10:45 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ދޯނި އަނދަމުންދާ ސަރަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ފުލުހުން ބުނީ އާންމުންނާއި ފުލުހުން ގުޅިގެން އެ ދޯނި ފަޅުތެރެއިން ބޭރު ކުރި ކަމަށެވެ.

މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްވެފައިވަނީ 12:30 ހާއިރު އެވެ.

ފުލުހުންގެ އިތުރުން ރައްޔިތުންނާއި އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ވަނީ އަލިފާން ނިވުމުގައި ހަރަކާތްތެރިވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް