މިއަދު 25 މީހަކު ޕޮސިޓިވް، ކޯވިޑަށް ފަރުވާދޭ މީހުންގެ އަދަދު 700 އަށް

ކޯވިޑް-19 އަށް އިތުރު 25 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 15 މީހުންނާއި ރިސޯޓުތަކުން 10 މީހެކެވެ. ކޯވިޑަށް މިއަދު ޓެސްޓު ކޮށްފައިވަނީ 2،422 ސާމްޕަލެވެ. މިހާތަނަށް ރާޢްޖޭ...

09 Jan 2021 | 18:01

ކޯވިޑް-19 އަށް އިތުރު 25 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 15 މީހުންނާއި ރިސޯޓުތަކުން 10 މީހެކެވެ.

ކޯވިޑަށް މިއަދު ޓެސްޓު ކޮށްފައިވަނީ 2،422 ސާމްޕަލެވެ. މިހާތަނަށް ރާޢްޖޭގައި ކޯވިޑް-19އަށް 338،864 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

ކޯވިޑަށް ޕޮސިޓިވްވަމުންދާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދާއި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައިއެވެ. އެގޮތުން ކޯވިޑަށް 701 މީހުންނަށް ފަރުވާ ދެމުންދާއިރު އެޑްމިޓްކޮށްގެން 47 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެެރެއިން މިއަދު 29 މީހަކު ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް 13،308 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 14،065 އަށް އަރާފައި އެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 29 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް