ރިތިކަށް 47 އަހަރު، ބަލާލަން އޭނާ މުސްކުޅިތަ؟

މިއަދަކީ ބޮލީވުޑްގެ ކާމިިޔާބު ބަތަލް ރިތިކް ރޯޝަންގެ47 ވަނަ އުފަންދުވަހެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްބާ ރިތިކް މަޝްހޫރުވެފައިވަނީ ރީތިކަމާއި އާއިލާގެ ގޮތަކުންނޫނެވެ. އޭނާ އާންމުންގެ މެދުގައި ބޮޑަށް...

09 Jan 2021 | 15:51

މިއަދަކީ ބޮލީވުޑްގެ ކާމިިޔާބު ބަތަލް ރިތިކް ރޯޝަންގެ47 ވަނަ އުފަންދުވަހެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްބާ ރިތިކް މަޝްހޫރުވެފައިވަނީ ރީތިކަމާއި އާއިލާގެ ގޮތަކުންނޫނެވެ. އޭނާ އާންމުންގެ މެދުގައި ބޮޑަށް މަގުބޫލުވެގެން ދިޔައީ ނެށުމުގެ ހުނަރުވެރިކަން މޮޅުވުމާއި ރީތި ހަށިގަނޑެއް އޭނާގެ ހުރުމުންނެވެ.

މީހުން ގަބޫލު ކުރާ ގޮތުގައި ރިތިކް ކުޅޭ ފިލްމުތަކުގައި އޭނާގެ ހަށިގަނޑު ފެނުމުން ފިލްމަށް އިތުރަށް ދިރުން ގެނެސްދެ އެވެ.

އަދި އޭނާގެ އުމުރުން47 އަހަރު ވިޔަސް މުސްކުޅި ކަމަށް ހަށިގަނޑާއި މޫނުމަތިން ނުދައްކާ ކަމަށް ބުނެ އެވެ.

ރިތިކް އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފު ވީ1980ގެ އަހަރުތަކުގައި ކުޑަކުއްޖެއްގެ ރޯލުންނެވެ. އޭގެ ފަހުން އޭނާގެ ބައްޕަ ރާކޭޝް ރޮޝަންގެ ހަތަރު ފިލްމެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެ އެވެ.

އޭނާ އެންމެ ފުރަތަމަ ފިލްމެއްގެ ލީޑްރޯލުން ފެނިގެން ދިޔައީ 2000 ވަނަ އަހަރު އެވެ. އެއީ މިހާރުވެސް އެ ފިލްމެއް ދިވެހިންގެ ތެރޭގައި މަގުބޫލު 'ކަހޯނާ ޕިޔާރުހޭ' އެވެ. އެ ފިލްމުން ރިތިކް ވަނީ އެވޯޑްވެސް ހާސިލްކޮށްފައެވެ.

އޭގެ ފަހުންވެސް މަޝްހޫރު އެތައް ފިލްމުތަކެއް ކުޅިފައިވާ ރިތިކް ރޯޝަން 2019 ވަނަ އަހަރު ކުޅުނު އެކްޝަން ޓްރިލާ ވާ އަކީވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ. މީގެ 21 ވަރަކަށް އަހަރެކޭ، މިހާރެކޭ ރިތިކް މާ ތަފާތުހެނެން ހިޔެއް ނުވެއެވެ. ބަލާބެލުމަށް 40ން މައްޗަށް ގޮސްފައިވާހެނެއް ހިޔެއް ނުވެއެވެ.

ރިތިކް ރޯޝަންގެ ދެ ފިރިހެން ކުދިން ތިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް