ސެނިޓައިޒާ ބޮއެގެން 70 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
ގޮވިންދްޕޫރާގައި މަރުވެފައިވާ 70 އަހަރުގެ މީހާ މަރުވެފައިވަނި ސެނިޓައިޒާ ބުއި ފަހުން އޭގެ 3 ދުވަސް ފަހުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަމީދިއާ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މަރުވެފައިވާ މި މީހާގެ ޢާއިލާގެ އެހެން ބަޔަކުވެސް ވަނީ އޭގެ 2 ދުވަސް ކުރިން މަރުވެފައެވެ. އެއީ 22 އަހަރުގެ އަންހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ތިން މީހުންވެސް މަރުވެފައިވަނީ ސެނިޓައިޒާ ބޮއެގެން ކަމުގައި މަޢުލޫމާތު ލިބެއެވެ. އެގޮތުން ގޮވިންދްޕޫރާގެ ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި ސެނިޓައިޒާ ހުސްކޮށްފައިވާ ފުޅިއެއް ކުނިވަށިގަނޑުން ފެނިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް