ނޯރާ މި ކުރީ ރަނގަޅު ކަމެއްތަ ؟

ބެލުންތެރިންގެ މަޤުބޫލުކަން ވަރަށް ފަހުން ހޯދާފައިވާ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ބޭނުންވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަރީނާ ކަޕޫރު އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާނ...

09 Jan 2021 | 14:35

ބެލުންތެރިންގެ މަޤުބޫލުކަން ވަރަށް ފަހުން ހޯދާފައިވާ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ބޭނުންވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަރީނާ ކަޕޫރު އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާން އާއި ކައިވެނިކުރަންކަން ހާމަކޮށްފިއެވެ.

ނޯރާ މިހެން ބުނެފައިވަނީ ކަރީނާގެ ރޭޑިއޯ ޝޯ "ވަޓް ވިމެން ވޯންޓް" ޝޯގައެވެ.

ދިލްބަރް ދިލްބަރް މި ލަވައިން މަޝްހޫރުކަން ހޯދާފައިވާ ނޯރާ މިހެން ބުނުމުން ކަރީނާ ވަނީ ތައިމޫރަށް އަދި ވި އެންމެ 4 އަހަރުކަމުގައި ބުނެފައެވެ. އެހެން ނަމަވެސް ކަރީނާ އެހެން ބުނުމާއެކު ނޯރާ އިތުރަށް ބުނެފައިވަނީ ތައިމޫރު ބޮޑުވަންދެންވެސް ނޯރާއަށް އަށް މަޑުކުރެވިދާނެކަމަށެވެ.

ނޯރާގެ ޖަވާބަކަށް ކަރީނާ ވަނީ ހިނިގަނޑެއް ޖަހާފައެވެ.

ނޯރާގެ މި ވާހަކަތަކަށް ބައެއް މީހުން ފާދުކިޔަމުންދާއިރު އަނެއް ބަޔަކު ބަލައިގަންނަނީ އެއީ ނޯރާ ކޮށްލި ސަމާސާއެއްގެ ގޮތަށެވެ. އެއީ ތައިމޫރަކީ ފެށުނީންސުރެންވެސް އެތަށް ބައެއްގެ ސަމާލުކަން ހޯދާފައިވާ ލޯބިލޯބި ކުއްޖަކަށް ވާތީކަމުގައި ބައެއް މީހުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް