ގެނބުނު ކުޑަކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖާ މަރުވެއްޖެ އެވެ. އެ ކުއްޖާ ފުވައްމުލަކު މާނޭރެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހަވީރު 4:47 ހާ...

09 Jan 2021 | 14:00

ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖާ މަރުވެއްޖެ އެވެ.

އެ ކުއްޖާ ފުވައްމުލަކު މާނޭރެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހަވީރު 4:47 ހާއިރު އެވެ. ފުލުހުންނަށް އެ ސަރަހައްދުގެ މޫދު އަޑިން އެ ކުއްޖާ ފެނުނީ ހަވީރު 5:50 ހާއިރު އެވެ.

ފުލުހުން ބުނީ އެކުއްޖާ މަރުވީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މަރުވެފައިވަނީ އުމުރުން17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ގެނބިފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދާން ފެށުމުން ސަލާމާތް ކުރަން ދިޔުމުން ކަމަށްވެ އެވެ. އޮޔާދިޔަ އަނެއް ދެކުދިން ވަނީ މި ހާދިސާގައި ސަލާމަތްވެފައި އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް