ސްކޫލްތައް ކައިރީ ގަަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ވެހިކަލްތައް ނަގަން ޓްރެފިކް ޕޮލިހުން އަންގައިފި އެވެ.
ސްކޫލްތައް ހިމެނޭ ސަރަހައްދު ހުސްކުރަނީ މާދަމާ 2020-2021 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭތީ އެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު މާދަމާ އަކީ މާލޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާ ފުރަތަމަ ދުވަހެވެ.
ޓްރެފިކް ޕޮލިހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަޙައްދު ތަކުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުފަހަރު ނެގުމަށް އަންގާ ކަމަށެވެ.
އުޅަނދު ފަހަރު ނަގަން ދީފައިވާ ސުންގަޑިއަކީ މިއަދު ހަވިރު6:00 އެވެ.
https://twitter.com/TrafficPoliceMv/status/1347792177376595973
ގަވައިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯ ކުރުމުގެ ބާރު އޮވެ އެވެ. ބެލެވޭ ގޮތުގައި މިއަދު ހަވީރު 6:00 ގެ ކުރިން ނުނަގައިފި އެ ވެހިކަލްތައް ފުލުހުން ޓޯ ކުރާނެެ އެވެ.
މީގެ ކުރިއާއި ހިލާފަށް ކޯވިދް-19 އާއި ގުޅިގެން ތައުލީމީ ދާއިރާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ސްކޫލްތަކަށް ކުދިން ވައްދާއިރު ފިނިހޫނު މިން ބަލައި އަތް ދޮއްވާތީ ސްކޫލްގެ ގޭޓު ކައިރީ ގިނަ އަދަދެއްގެ ކުދިން އިޖްތިމާއީ ގައިދުރު ކަމާއި އެކު ކިޔޫ ހަދައިގެން ތިބެން ޖެހޭނެ އެވެ. އެހެން ކަމުން އެ ސަރަހައްދުތަކުގައި ވެކިލަައް ޕަކު ކުރުމުން އުނދަގޫ ކުރިމަތިވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް