ފުވައްމުލަކު ސިޓީގައި މޫދަށް އެެރުނު ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހަވީރު 4:47 ހާއިރު ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ މޫދަށް އެރި އުޅުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ މޫދު އަޑިން ފެނުނީ ހަވީރު 5:50 ހާއިރު ކަމަށެވެ.
އެ ކުއްޖާއަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެކަމަކު އެ ކުއްޖާގެ ހާލާއި ގުޅޭގޮތުން ހޮސްޕިޓަލުން އަދި ފުލުހުންވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
އެ ކުއްޖާ އާއި އެކު އިތުރު ދެ ކުއްޖަކު އެ ސަރަހައްދު މޫދަށް ގެނބުނެވެ. އެ ދެ ކުދިން ސަލާމަތް ކޮށްފައިވާއިރު މޫދުން އަޑިން ފެނިފައިވަނީ އަނެއް ދެކުދިން އޮޔާދާތީ ސަލާމަތް ކުރަން ދިޔަ ކުއްޖާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް