ދެ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އިދާރާތަކާ ބައްދަލުކުރަނީ

ޓޫރިސްޓް ރިސޯޓްތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުން ދާ މައްސަލައާއި ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީއިން ފަންޑް ކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅޭގޮތުނ...

09 Jan 2021 | 12:21

ޓޫރިސްޓް ރިސޯޓްތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުން ދާ މައްސަލައާއި ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީއިން ފަންޑް ކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެކެވެ. އެ ކޮމިޓީއިން ފާސްކުރީ، މި ކަމުގައި 'ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު' އިން ބާރު ލިބިގެން، ޓޫރިސްޓް ރިސޯޓްތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށެވެ.

މީގެ އިތުރުން މި ކޮމިޓީއިން ފާސްކޮށްފައިވަނީ ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ފަންޑް ކުރުމަށް ނިންމާފައިވާ މައްސަލަޔާ ގުޅޭގޮތުން ބައްދަލުވުމެއް ބޭއްވުމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވާނީ މިނިސްޓްރީއޮފް އެންވަޔަރަންމަންޓް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓް، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯގެ އިތުރުން ތިމާވެއްޓާބެހޭ މާހިރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް