ބަހެއްގައި ދިރުއުޅެން ގެ ވިއްކާލި ދެމަފިރިއެއް

ދެމަފިރިއަކު އެމީހުން ދިރިއުޅެމުން ދިޔަ ގެ ވިއްކާލައި ސްކޫލް ބަހެއްގައި ދިރިއުޅެން ފަށައިފިއެވެ. ގިއާނާ އަދި ޖޭކް މިހާރު ދަނީ އެމީހުންގެ ދެ ދަރިން ގޮވައިގެން ސުކޫލު ބަހެއްގައި ދިރިއުޅެމުންނެވެ. ފްލޮރި...

09 Jan 2021 | 11:57

ދެމަފިރިއަކު އެމީހުން ދިރިއުޅެމުން ދިޔަ ގެ ވިއްކާލައި ސްކޫލް ބަހެއްގައި ދިރިއުޅެން ފަށައިފިއެވެ.

ގިއާނާ އަދި ޖޭކް މިހާރު ދަނީ އެމީހުންގެ ދެ ދަރިން ގޮވައިގެން ސުކޫލު ބަހެއްގައި ދިރިއުޅެމުންނެވެ. ފްލޮރިޑާއަށް ނިސްބަތްވާ މި ދެމަފިރިންނަކީ ކުރިން 1400 އަކަ ފޫޓުގެ ގެއެއްގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ.

އެހެންނަމަވެސް 32 އަހަރުގެ މި ދެމަފިރިންނަށް ވަރަށް ގިނަ މީހުން ބަހުގައި ހަމަޖެހިގެން އުފަލުގައި ދިރިއުޅެމުންދާ ކަން އެނގުނު ހިސާބުން ބަހުގައި ދިރިއުޅުމަށް ނިންމީ ކަމުގައި ދެމަފިރިން ވަނީ ބުނެފައެވެ.

ޖޭކްގެ ދެމަފިރިންނަކީވެސް މީގެ ކުރިން އެމީހުންގެ ކައިވެނީގެ ކުރިން ޓްރެވަލް ކުރި ދެމީހުންނެވެ. އެގޮތުން ދެމީހުން އެކަކު އަނެކަކާއި ދިމާވެފައިވަނީވެސް ދަތުރުކުރަމުން ދަނިކޮށް 2013 ވަނަ އަހަރުގައެވެ. އަދި ދެމީހުން ކައިވެނީގެ ގޮށް ޖަހާފައިވަނީ 2016 ވަނަ އަހަރުގައި އެމީހުންނަށް ފުރަތަމަ ދަރިފުޅު ލުނާ ލިބުމުންނެވެ.

ޖޭކް އިތުރަށް ބުނެފައިވަނީ ދެމީހުން ވަޒީފާގައި އުޅުނު އިރުގައި އެކަކު އަނެކަކާ ދިމާވަނީވެސް މަދު ފަހަރެއްގައި ކަމަށެވެ. އޭރު ދެމަފިރިންގެ ކާރާއި އަދި 4 ކޮޓަރީގެ ގެ ހުރުމަކުން ލިބޭ ހިތް ހަމަޖެހުމާއި އުފާވެރިކަމުގެ އިޙުޞާސެއް ނުވާ ކަމުގައެވެ. އަދި ޖޭކް އޭރުގައި 2 ތަނަށް ވަޒީފާއަށް ދާންޖެހޭކަމުގައިވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ދިރިއުޅުމަށް ގެނައި މި ބަދަލާ ގުޅިގެން ދިރިއުޅުން މާ ބޮޑަށްވެސް އުފާވެރިކަމުގައި ޖޭކް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް