އިންޑޮނޭޝިއާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ

އިންޑޮނޭޝިއާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ އެވެ. އެ ގައުމުގެ އޮފިޝަލުންނާ ޙަވާލާދީ ނޫސްތަކުގައި ބުޔނެފައިވަނީ ގެއްލިފައިވަނީ ސްރިވިޖާޔާ އެއަރލައިންގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ގެއްލުނީ ޖަކ...

09 Jan 2021 | 11:36

އިންޑޮނޭޝިއާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ އެވެ.

އެ ގައުމުގެ އޮފިޝަލުންނާ ޙަވާލާދީ ނޫސްތަކުގައި ބުޔނެފައިވަނީ ގެއްލިފައިވަނީ ސްރިވިޖާޔާ އެއަރލައިންގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ގެއްލުނީ ޖަކާޓާ ގެ ރަންވޭ އިން ނައްޓާލިތާ މަދުވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

ސްރިޖާޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮއިން 500-737 މަރުކާގެ އެސްޖޭ 182 ފްލައިޓް ގެއްލިފައިވަނީ ޖަކާޓާ އިން ޕޮންޓިއަނަކަށް ދިއުމަށް ރަންވޭ އިން ނައްޓާލިތަނާ އެވެ.

"އެކަމުގެ މައުލޫމާތު މިއަންނަނީ އެއްކުރަމުން. އެކަން ހިނގި ގޮތް ސާފުވީމަ ސީދާ އެއްޗެސް ބުނަން އެނގޭނީ" ސްރިޖާޔާ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބޯޓުގައި 6 ކުރޫންނާއި 56 މީހުން ދަތުރުކުރި ކަމަށާއި އޭގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ އެއަރ ލައިނުން ބުނެ އެވެ.

އެހެން ނަމަވެސް އެ މަތިންދާބޯޓުން 60 އަށްވުރެ ގިނަ މީހުން ދަތުރުކުރި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް