ކަންގަނާ މިފަހަރު ކުރިކަމެއް އެނގޭތަ

ކަންގަނާ މިހާރު ކުޅެމުންދާ ފިލްމުގެ ޝޫޓިންއަށް ފުރުމަށްޓަކައި މާސްކް ނާޅައި މުމްބާއީ އެއަރޕޯރޓަށް  ދިޔުމުގެ ސަބަބުން ގިނަ ބައެއްގެ  ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ. އެގޮތުން ބައެއް މީހުން ބުނ...

09 Jan 2021 | 11:27

ކަންގަނާ މިހާރު ކުޅެމުންދާ ފިލްމުގެ ޝޫޓިންއަށް ފުރުމަށްޓަކައި މާސްކް ނާޅައި މުމްބާއީ އެއަރޕޯރޓަށް  ދިޔުމުގެ ސަބަބުން ގިނަ ބައެއްގެ  ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

އެގޮތުން ބައެއް މީހުން ބުނެފައިވަނީ ކަންގަނާ ނުފެންނަ މާސްކެއް އަޅައިގެން އުޅެނީކަމަށެވެ. އަނެއްބައި މީހުން ބުނެފައިވަނި ކަންގަނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްކަމަށެވެ.

މީގެ އިތުރުން އެއަރޕޯރޓ ފަދަ ތަފާތު ހިސާބުން މީހުން ޖަމާވާ ތަނަކަށް ކަންގަނާފަދަ މަޝްހޫރު މީހަކު މާސްކް ނާޅައި އުޅުމަކީ ވަރަށް އަޚުލާޤު ދަށް ކަމެއް ކަމުގައިވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

އަދި އެއަރޕޯރޓް އޮތޯރިޓީން އެކަން ބަލައި ފިޔަވަޅު އެޅުމަށްވެސް މީހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް