ހޯސޭ މޮރީނިއޯ، އިނގިރޭސި މުބާރާތްތަކުގެ ފައިނަލާ އެންމެ ރައްޓެހި ކޯޗު، ސިއްރަކީ ކޮބާ؟

ހޯސޭ މޮރީނިއޯ އަކީ ކާމިޔާބު ކޯޗެކެވެ. ޚާއްސަކޮށް އިނގިރޭސި މުބާރާތްތަކުގެ ފައިނަލުގައި ކުޅެފައިވާ ޓީމުތަކުގެ ތެރެއިން މޮރީނިއޯ ގެ އިރުޝާދާ ނުލައި ފައިނަލަށް ދަތުކުރާ ޓީމުތައް ނިސްބަތުން މަދެވެ. އެހެން...

09 Jan 2021 | 11:19

ހޯސޭ މޮރީނިއޯ އަކީ ކާމިޔާބު ކޯޗެކެވެ. ޚާއްސަކޮށް އިނގިރޭސި މުބާރާތްތަކުގެ ފައިނަލުގައި ކުޅެފައިވާ ޓީމުތަކުގެ ތެރެއިން މޮރީނިއޯ ގެ އިރުޝާދާ ނުލައި ފައިނަލަށް ދަތުކުރާ ޓީމުތައް ނިސްބަތުން މަދެވެ.

އެހެންކަމުން މޮރީނިއޯ އަކީ އިނގިރޭސި މުބާރާތްތަކުގެ ފައިނަލާ އެންމެ ރައްޓެހި ކޯޗޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އަދި މިއީ އެހެން ކޯޗުންނަށް ބުނެވޭ ބަދު ބަހަކަށް ވެސް ނުވާނެ އެވެ.

އިންގިރޭސި މުބާރާތްތަކުގެ ފައިނަލާ އެހާ ރައްޓެހި ވުމުގައި މޮރީނިއޯގެ ސިއްރަކީ ކޮބައިކަން މިއީ އެއްވެސް މީހަކަށް އަދިމިހައިތަނަށް ބުނެދެވުނު އެއްޗެއް ނޫނެވެ.

މޮރީނިއޯ ބުނަނީ އެކަމުގައި މާ ޚާއްސަ ކަމެއް ނެތް ކަމަށާއި އަބަދުވެސް މެޗަކަށް ނުކުންނަނީ އދިކޮޅު ޓީމަކީ އެންމެވަރުގަދަ ޓީމުގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި އެކަން ކުޅުންތެރިންނަށް ވެސް ވިސްނައިދެނީ އެގޮތަށް ކަމަށެވެ.

މޮރީނިއޯއަށް މި ސުވާލު އެންމެބޮޑަށް އަމާޒުވީ ޗެލްސީގައި ވެސް ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު، ޓޮޓެންހަމްއަށް 12 އަހަރަށްފަހު އިނގިރޭސި މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިދިނުމުން ނެވެ.

"ކޮންމެޓީމެއްގައި ވެސް އަހަރެން ނެރެނީ އެޓީމެއްގެ ހުންނަ ކޮލެޓީއެއް. އެހެން އެއްޗެއް ނުނެރެވޭނެތާދޯ. ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ ބުރަ މަސައްކަތުންކަން އަބަދުވެސް ކުޅުންތެރިނަށާއި މެނޭޖުމެންޓަށް އަހަރެން ވިސްނައިދެން. ވެދާނެ އެއީކަމަށް ވެސް ސިއްރަކީ."  މޮރީނިއޯ ބުންޏެވެ.

2004 ވަނަ އަހަރު އިނގިރޭސިވިލާތައް އައުމަށްފަހު، ލީގުކަޕުގެ މުހިންމުކަން ވިސްނުނު ކަމަށާއި އެއީ ވަރަށް ސީރިއަސްވާ މުބާރާތަކަށް ވެއްޖެ ކަމަށް މޮރީނިއޯ ބުންޏެވެ.

ލީގުކަޕުގައި ފައިނަލުގައި މިހާތަނަށް މޮރީނިޔޯ ބަލިވެފައެއް ނުވެ އެވެ. އޭނާ އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް