މާންދޫ މަސް ވަރަށް ބޮޑަށް އަގުހެޔޮކޮށްފި

ކަނޑުމަހުގެ އަގަށް އައި ހެޔޮ ބަދަލާއެކު މާންދޫ މަހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. ހޮރައިޒަން ފިޝަރީޒް އިން ހިންގާ ސީފުޑް ޕްލަސް އިން ވިއްކަމުން އަންނަ މާންދޫ މަހުގެ އަގު ހެޔޮކޮށްފައިވާއިރު އެ ފ...

09 Jan 2021 | 10:44

ކަނޑުމަހުގެ އަގަށް އައި ހެޔޮ ބަދަލާއެކު މާންދޫ މަހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް އިން ހިންގާ ސީފުޑް ޕްލަސް އިން ވިއްކަމުން އަންނަ މާންދޫ މަހުގެ އަގު ހެޔޮކޮށްފައިވާއިރު އެ ފިހާރައިން ވިއްކަމުން އަންނަ ވަޅޯމަހުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ހޮރައިޒަން ފިޝަރީޒްގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެންޑް މާކެޓިންގ އިބްރާހިމް ވިސާމް ވިދާޅުވީ އެ ފިހާރައިން ދަޅު މަހުގެ 12 ވައްތަރެއް އަދި ޕައުޗްގެ ހަތަރު ވައްތަރެއް ވިއްކަމުން އަންނައިރު ހުރިހާ ވައްތަރެއްގެ އަގުވެސް ހެޔޮކޮށްފައިވާކަމަށެވެ.

"ކޭހަކުން ގާތްގަނޑަކަށް 50 އާއި 100 އާއި ދެމެދުގެ އަގެއް ހެޔޮވެގެން މި ދިޔައީ" ވިސާމް ވިދާޅުވިއެވެ.

ސީފުޑް ޕްލަސް އިން މާންދޫ މަހުގެ ތެޔޮ މަސް އަދި ފެން މަހުގެ އިތުރުން ފްލެވަރޑް މަސްދަޅުވެސް ލިބެން ހުރެއެވެ.

ޗާންދަނީ މަގުގައި ހުންނަ ސީފުޑް ޕްލަސް ފިހާރައިން މަސްދަޅުގެ އިތުރުން ކަނޑުމަސް، ފަރުމަސް އަދި ސީފުޑް ލިބެންހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް