ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދުނު ފަރާތްތަކަށް އިންޓަރވިއުކުރުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާލެސިޓީގައި ބާއްވާ އިންޓަރވިއު އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހު ނިޔަލަށް އަދި ޖެނުއަރީ19 އިން21 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާލޭ ސިޓީގައި ބާއްވާ އިންޓަރވިއު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
" ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތައް، އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއިން އެފަރާތްތަކަށް ދަނީ އަންގަމުން." އެމްއެންޑީއެފް އިން ބުންޏެވެ.
ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަށް ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ އިރު، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ 2021 ފެބުރުވަރީ 04 ވަނަ ދުވަހަށް ބަދަލު ކުރެވިފައެވެ.
2021 ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް