ރިސޯޓު މާހައުލަކީ ޖިންސުއްލަތީފުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ: އާދަމް ޝަރީފް

ރިސޯޓު މާހައުލަކީ ޖިންސުއްލަތީފުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވ...

09 Jan 2021 | 03:01

ރިސޯޓު މާހައުލަކީ ޖިންސުއްލަތީފުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވެފައިވަނީ ރިސޯޓުގައި ހިނގީ ރޭޕެއް ނޫންކަމަށް ފުލުހުން ރޭގައި ބުނުމުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވާގޮތުގައި އަންހެން ކުދިން ރިސޯޓް ވަޒީފާތަކަށް ފޮނުވަން ޖެހިލުންވަނީ މިފަދަ ކަންކަމުގެ ސަބަބުންނެވެ.

"ރިސޯޓް މާހައުލަކީ މަސައްކަތް ކުރުމަށް ރައްކާތެރި، ޚާއްސަކޮށް ޖިންސުއްލަތީފުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ރޭގައި ބުނެފައިވަނީ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށާއި ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް