ޓްރަމްޕްގެ ރަސްމީ ޓުވީޓާ އެކައުންޓު ދާއިމީކޮށް ސަސްޕެންޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ޓުވިޓާ އެކައުންޓު (ރިއަލް ޑޮނަލްޑް ޓްރަމްޕް) ދާއިމީކޮށް ސަސްޕެންޑު ކޮށްފި އެވެ. ޓުވިޓާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ އެކައުންޓު ސަސް...

09 Jan 2021 | 02:52

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ޓުވިޓާ އެކައުންޓު (ރިއަލް ޑޮނަލްޑް ޓްރަމްޕް) ދާއިމީކޮށް ސަސްޕެންޑު ކޮށްފި އެވެ.

ޓުވިޓާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ އެކައުންޓު ސަސްޕެންޑު ކުރީ ޓުވިޓާއި ގަވައިދުތަކާއި ހިލާފުވުމުން ކަމަށެވެ. ދާއިމީކޮށް އެ އެކައުންޓް ސަސްޕެންޑު ކުރި އެއް ސަބަބައެއްގެ ގޮތުގައި ބުނެފައިވަނީ އަނިޔާވެރިކަމާއި ފިތުނަފަސާދަ އާއި ބައިބައިވުމަށް ހިތްވަރުދޭ ޓްވީޓުތައް ކުރާތީ ކަމަށެވެ.

ޓްރަމްޕްގެ އެކައުންޑް ދާއިމީކޮށް ސަސްޕެންޑުކޮށްފައި ވަނީ ވަގުތީގޮތުން 12 ގަޑިއިރު ސަސްޕެންޑު ކުރުމަށް ފަހު އިއްޔެ އެވެ. ވަގުތީ ގޮތުން ސަސްޕެންޑު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ދުވަހު ވަގުތީ ގޮތުން ސަސްޕެންޑު ކުރީ އެމެރިކާގެ ކޮންގްރެސް ކުރިޔަށް ދިޔަ އިމާރާތަށް ރިޕަބްލިކަންގެ ސަޕޯޓަރުން ވަދެގަތުމަށް ހިތްވަރު ދީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ހާމަކޮށް ކުރި ޓުވީޓުތަކަކާއި ގުޅިގެންނެވެ. ޓްރަމްޕް ހިތްވަރު ދެއްވުމުން ގަދަކަމުން ކޮންގްރެސް ހިންގާ ކެޕިޓަލް އިމާރާތަށް ވަދެގަނެ އެމަނިކުފާނުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން ތަކުގައި ހަތަރު މީހުންނާއި ފުލުހަކު މަރުވެފައި އެވެ.

ޓުވިޓާއިން ބުނެފައިވާގޮތުގައި ދާއިމީކޮށް އެ އެކައުންޓް ސަސްޕެންޑު ކުރީ އެފަދަ ކަމަކަށް ޓުވިޓާ މެދުވެރިކޮށް ހިތްވަރު ދިނުމަށް އިތުރު ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

ޓުވިޓާއިގައި 88 މިލިއަން މީހުން ޓްރަމްޕް ފޮލޯކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް