އިންސާނެއްގެ ފައި ކަމަށް ހީކޮށް ޔޫކޭ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ފެނުނީ އަލުތްވެއް !

ޗަސް ބިމަކުން އިންސާނެއްގެ ބައެއް ފެނުނުކަމަށްބުނެ އިނގިރޭސިވިލާތުގެ ނޯތަމްބްރިއާ ޕޮލިސް ސްޓޭޝަނަށް ކުރި ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ވަރަށް އާދަޔާ ހިލާފުކަމެއް ވެއްޖެއެވެ. އެ...

09 Jan 2021 | 02:35

ޗަސް ބިމަކުން އިންސާނެއްގެ ބައެއް ފެނުނުކަމަށްބުނެ އިނގިރޭސިވިލާތުގެ ނޯތަމްބްރިއާ ޕޮލިސް ސްޓޭޝަނަށް ކުރި ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ވަރަށް އާދަޔާ ހިލާފުކަމެއް ވެއްޖެއެވެ.

އެ ޕޮލިސް ސްޓޭޝަނުން ބުނެފައިވާގޮތުގައި ކުއްތާއަކާއެކު ހިނގަން ނިކުމެ އުޅުނު މީހަކަށް ޗަސް ބިމަކުން، އިންސާނެއްގެ ހަށިގަނޑުގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ޕޮލިހަށް ރިޕޯޓްކުރިއެވެ. އަދި ފޮޓޯއެއްވެސް ފޮނުވިއެވެ.

އެ ފޮޓޯއިން ފެންނަގޮތުގައި ޗަސް ބިމުގައި އޮތީ އިންސާނެއްގެ ފުންނާބާ ވަރަށް ވައްތަރު އެއްޗެކެވެ.

އެހެންކަމުން އެފަދަ ކަންކަމަށް ޓްރޭން ކޮށްފައިތިބޭ ކުއްތާ ސްކޮޑަކާއި ފުލުހުންގެ ހާއްސަ ޓީމެއް ގޮސް އެތަން ބަލާ ފާސްކުރިއެވެ. އެ ފާސްކުރި ކުރުމުން އެނގުނީ އެއީ އިންސާނެއްގެ ފުންނާބު ނޫންކަމާ އެއީ އަލުތްވެއް ކަން ފުލުހުން ބުނެފައިވެއެވެ.

އެކަން އެނގުމުން އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ގާތަށްވެސް ހިނި އައި ކަމަށާއި ނަމަވެސް އެކަން ރިޕޯޓްކުރި މީހާއަށް ޝުކުރު އަދާކުރާ ކަމަށާއި އަދި އެފަދަ ޝައްކުވާ މަންޒަރެއް ފެންނަނަމަ ލަސްނުކޮށް ރިޕޯޓްކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް