އާރްއެސްއެސްސީ ވިމެންސް ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން 'ރެޑްސްޓާ ކަނބަލުން' ހޯދައިފި

އދ. ކުނބުރުދޫ ރެޑްސްޓާ ސްޕޯޓްސް ކުލަބުން، އެރަށު އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 'ރެޑްސްޓާ ކަނބަލުން' ހޯދައިފިއެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައ...

09 Jan 2021 | 02:21

އދ. ކުނބުރުދޫ ރެޑްސްޓާ ސްޕޯޓްސް ކުލަބުން، އެރަށު އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 'ރެޑްސްޓާ ކަނބަލުން' ހޯދައިފިއެވެ.

އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 'ވިދާތަރި ޓީމް' އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މުބާރާތުގެ ތިން ވަނައަށް ހޮވުނީ 'ކުރީ ދުވެލި' ޓީމެވެ.

މިއީ ކުނބުރުދޫ ކަނބަލުންނަށް އަމާޒުކޮށްގެން ރެޑްސްޓާ ސްޕޯޓްސް ކްލަބުން ބޭއްވި ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި އަށް ޓީމު ވާދަކޮށްފައިވެ އެވެ.

އެއީ ރެޑްސްޓާ ކަނބަލުން، ވިދާ ތަރި، ކުރީ ދުވެލި ޓީމްގެ އިތުރުން، ޝޫޓިންގް ސްޓާ، ކުރީދުވެލި ސްޓާ، ރެޑް ރޯސް، ރަތް ފިނިފެންމާ އަދި ޓީން ގާލްސް އެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 1-8 ގެ ނިިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް މި މުބާރާތުގެ މެޗުތަށް ކުޅެފައިވަނީ ހަވީރާއި ރޭގަނޑު އެވެ.

މީގެ ކުރިން ކުނބުރުދޫ ޖަމިއްޔާއަކުން ވަނީ ހަތަރު ފަހަރު ކުނބުރުދޫ އަންހެނުންނަށް ހާއްސަކޮށްގެން ވޮލީ މުބާރާތް ބާއްވާފައެވެ. އެ ހަތަރު ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުރީދުވެލި ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް