ގުގުރި ދަމަނީ ނޭފަތާއި ކަރުގެ ތެރެއިން ވައި ދައުރުވާން ޖާގަ ނުލިބޭތީ !

ގުގުރި ދެމުމަކީ ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ބައެއް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ގުގުރި ދަމާ މީހުންނަކީ ސިއްޚީ މައްސަތަކެއް އެބައިމީހުންގެ ކިބާގައި ހުންނަ ކަމުގެ އަލާމާތެކެވެ. އެހެން ކަމު...

08 Jan 2021 | 21:05

ގުގުރި ދެމުމަކީ ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ބައެއް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ގުގުރި ދަމާ މީހުންނަކީ ސިއްޚީ މައްސަތަކެއް އެބައިމީހުންގެ ކިބާގައި ހުންނަ ކަމުގެ އަލާމާތެކެވެ. އެހެން ކަމުން އެފަދަ މީހުން ޑޮކްޓަރެއްގެ ލަފާ ހޯދާ ފަރުވާކުރުން މުހިންމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގުގުރި ދަމަނީ ނޭފަތާއި ކަރުގެ ތެރެއިން ވައި ދައުރުވާން ޖާގަ ނުލިބޭތީ އެވެ.

ގުގުރި ދެމުމަކީ މީހުން ވަރަށް ރުޅިއަންނަ ވެސް ކަމެއެވެ. ބައެއް މީހުން ގުގުރި ދަމާ މީހުންކައިރިން ސަލާމަތްވުމަށްވެސް މަސައްކަތް ކުރެއެވެ. ގުގުރީގެ އަޑުން ރަނގަޅަށް ހަމަ ނިދި ނުލިބޭތީއެވެ. އެހެނީ ގުގުރި ދަމާ މީހާގެ ސަބަބުން އޭނާ ކައިރީގައި ނިދަން އޮންނަ

މީހާއަށް އުނދަގޫ ފަހަރު ގިނައެވެ. ގުގުރި ދަމަނީ ނޭފަތާއި ކަރުގެ ތެރެއިން ވައި ދައުރުވާން ޖާގަ ނުލިބޭތީ އެވެ. އެގޮތަށް ދިމާވުމުން ނޭފަތާއި ކަރުގައިވާ ޓިޝޫތައް ވައިބްރޭޓްވެ، ގުގުރި ދަމާ އަޑު އިވެ އެވެ.

ގުގުރި ދެމުން ހުއްޓުވުމަށް އެކަން ދިމާވާ ސަބަބު ދެނެގަތުން މުހިއްމެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއެކެވެ.

ގުގުރިދެމުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

ގިނައިން ފެން ބުއިން

ކަރުން ފެން ހިކުމުން ނުވަތަ “ޑީހައިޑްރޭޓް ވުމުން” ވެސް ގުގުރި ދަމަން ފެށެ އެވެ. އެގޮތުން ގުގުރިދެމުން ހުއްޓުމަށް ދުވަހުގެ ގިނައިން ފެނާއި، އެހެން ދިޔާ ތަކެތި ބޯށެވެ.

ބަރުދަން ލުއިކުރުން

ބަރުދަނަށް އަންނަ ބަދަލާ ގުޅިގެންވެސް ގުގުރި ދެމަން ފަށައެވެ. އެގޮތުން މީހާ ކުރިއަށް ވުރެ ބަރުވާ ނަމަ އެއީ ވަރަށް އާންމުކަމެކެވެ. އެގޮތުން ބަރުދަން ލުއިކުރުމުން ބައެއް މީހުން ގުގުރި ދެމުން ހުއްޓިގެން ދާނެއެވެ.

ނޭފަތް ބެދުން ހުއްޓުވުން

ނޭފަތް ބެދުމުގެ ސަބަބުން ވެސް ގުގުރި ދެމެން އެކަށިގެންވެއެވެ. އެގޮތުން ނޭފަތް ބެދިފައިވާނަމަ ނިދުމުގެ ކުރިން ހޫނުފެނުން ފެންވެރުމާއި، ކަރުތެރެ ދޮވުމަށް ލޮނުފެން ބޭނުން ކުރުމާއި، ނޭސަލް ސްޓްރިޕް ބޭނުން ކުރުމުން ނޭފަތް ބެދުން ހުއްޓުވޭނެ އެވެ.

މިކަންތައްތައް ތަކުގެ އިތުރުން ރަނގަޅު ކާނާ ކައި، ގަވައިދުން ކަސްރަތުކޮށް އުޅުމުންވެސް ގުގުރިދެމުން ހުއްޓިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް