ތުއްތު ދަރިފުޅަށް 6 މަސް ވުމުން ކާންދޭން ވީ މިބާވަތްތަކުގެ ކާނާ

ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ތަނަކީ ކޮންމެ މަޔަކު ވެސް އުފަލާއެކީ ބަލަން ބޭނުންވާނެ މަންޒަރެވެ. ދަރިފުޅަށް ހަ މަސް ފަހުން ކާންދޭ ކެއުން ތަކަކީ ތުއްތު ކުއްޖާ އަށް އެންމެ ފައިދާ ލިބިދޭ ކާނާ ތޯ ބަލަން...

08 Jan 2021 | 20:44

ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ތަނަކީ ކޮންމެ މަޔަކު ވެސް އުފަލާއެކީ ބަލަން ބޭނުންވާނެ މަންޒަރެވެ. ދަރިފުޅަށް ހަ މަސް ފަހުން ކާންދޭ ކެއުން ތަކަކީ ތުއްތު ކުއްޖާ އަށް އެންމެ ފައިދާ ލިބިދޭ ކާނާ ތޯ ބަލަން ޖެހެއެވެ. ކުޑަ ދަރިފުޅު ރަގަޅަށް ހެދިބޮވާ ފަދަ މޭވާ އާއި ތަރުކާރީ ބޭނުން ކުރަން ޖެހެއެވެ.

-ތަރުކާރީގެ ބާވަތްތަކުން ދަރިފުޅަށް ކާންދޭން ޖެހޭ ބައެއް ކާނާތައް:

ކެރެޓް

ވިޓަމިން އޭ ގިނަ މިން ވަރަކަށް ހިމެނޭ މި ތަރުކާރީ އަކީ ކެއުމުން ދަރިފުޅުގެ ހަންގަނޑު ރަނގަޅު ކޮށްދީ ތަފާތު އިންފެކްޝަން ތަކުން ތުއްތު ދަރިފުޅު ސަލާމަތް ކޮށްދެއެވެ. ހިތުގެ މައްސަލަތަކުން ދުރުކޮށްދީ ދަރިފުޅުގެ ދަތްތައް ވަރުގަދަ ކޮށްލަދެއެވެ.

އަލުވި

ވިޓަމިންސް ސީ، ޕޮޓޭސިއަމް އަދި ފައިބަރ ހިމެނޭ މި ތަރުކާރީ އަކީ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ ދަރިފުޅު ހަކުރު ބަލިން ރައްކާތެރި ކޮށްދޭ ވަރަށް މުހިއްމު ބާވަތެކެވެ. ހަންގަނޑު ރީތިކޮށްދީ ކެންސަރު ޖެހުމުން ދުރުކޮށްދޭ މި ބާވަތަކީ ދަރިފުޅު ކެއުން ރަގަޅު ތަރުކާރީއެކެވެ.

ބްރޮކޮލީ

މި ތަރުކާރީ އަކީ ވިޓަމިންސް ސީ ހިމެނޭ މި ތަރުކާރީ އަކީ ފުއްޕާމޭގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ހަމަ އެއާއެކު ކިޑްނީ ފެއިލް ވުމުންވެސް ސަލާމަތްކޮށްދޭ ދަރިފުޅު ކެއުން އެންމެ އެކަށީގެންވާ އެއް ބާތެވެވެ.

-މޭވާގެ ބާވަތުން ދަރިފުޅަށް ކާންދޭންޖެހޭ ބައެއް ކާނާތައް:

ދޮންކެޔޮ

ދޮންކޭލަކީ ވަރު ޖައްސުވާދޭ އެއް މޭވާ އެވެ. ދޮންކެޔޮ ކެއުމުގެ ސަބަބުން ބުންވަރު ލިބި ވިސްނުން ތޫނު ވެސް ވެއެވެ. ހަކުރުގެ މިންވަރު މަތި ނުވެ، ތިރި ނުވެ އެއް މިންވަރެއްގައި ހިފަހައްޓައިދީ ލޭ ދައުރުވާ މިންވަރު ރަގަޅުކޮށްދެއެވެ.

ބްލޫބެރީ

މި މޭވާ ކެއުމުން ދަރިފުޅުގެ ވިސްނުން ރަގަޅުވެ، ލޮލުގެ ފެނުން ރަގަޅުކޮށްދެއެވެ. މިއާއެކު ކުޑަކަމު ދިޔުމަށްވެސް ފަސޭހަވެގެން ދެއެވެ.

ޔޯގަޓް

ޔޯގަޓަކީ ކުއްޖާގެ ހަޖަމުގެ ނިޒާމު ރަގަޅުކޮށްދީ ބެކްޓީރިއާ ތަކުން ދަރިފުޅު ސަލާމަތް ކޮށްދޭ އެއްބާވަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް