ނޮޅިރަމްފަރުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހދ ނޮޅިވަރަމްފަރުގައި އުމުރުން ދުވަސްވީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.  މަރުވެފައި އޮއްވާ ފެނުނީ އެރަށު 75 އަހަރުގެ މޫސާ އިބްރާހިމް އެވެ. އޭނާ ފެނުނީ އެ ރަށު ހުޅަނގު ފަރާތުގައި މ...

09 Jan 2017 | 05:18

ހދ ނޮޅިވަރަމްފަރުގައި އުމުރުން ދުވަސްވީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.  މަރުވެފައި އޮއްވާ ފެނުނީ އެރަށު 75 އަހަރުގެ މޫސާ އިބްރާހިމް އެވެ.

އޭނާ ފެނުނީ އެ ރަށު ހުޅަނގު ފަރާތުގައި މޫދުގައި ރާޅުޖަހާ ފަށުގައި ލައްގާފައި އޮއްވަ އެވެ.

މޫސަ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި އޭނާގެ ކަންކަން އެއްވެސް މީހަކު ބަލަހައްޓަމުން ނުގެންދާކަމުގައި އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އޭނާ ދިރިއުޅެމުންދަނީވެސް އެކަނި ކަމުގައިވެސް އެ ރަށު ކައުންސިލުން ބުނެ އެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ މޫސަގެ ދަރިން ތިބޭ ކަމަށާއި ހުރިހާ ދަރިން އުޅެނީ މާލޭގައި ކަމަށެވެ. އަދި މޫސައަކީ ވަރަށް ގިނައިން މޫދަށް ދާ މީހެއް ކަމުގައިވެސް އެ ރަށު ކައުންސިލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް