ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ހުޅުވާލައިފި އެވެ. އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 3/2...

09 Jan 2017 | 05:03

ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ހުޅުވާލައިފި އެވެ.

އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަރު 2014/R-36  (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 2014 ޖޫން 18 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައި ކަމަށާއި މި ގަވާއިދުގެ ދަށުން، ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަ މީރާއިން ދޫކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

"ވީމާ، ޓެކްސް އޭޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި މީރާއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ." މީރާގެ އިއުލާނުގައި ވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މީރާއިން ކޮށްފައިވާ އެ އިއުލާނުގައި ބުނެފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކުން MIRA 113 ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު އެ އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު އެ އޮތޯރިޓީގެ www.mira.gov.mv ވެބްސައިޓުން ލިބޭނެކަމުގައިވެސް އެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް