ކޯވިޑް-19 އަށް އިތުރު 35 މީހަކު ޕޮސިޓިވްވެއްޖެ އެވެ.
ޕޮސިޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. ރިސޯޓުތަކުން އެކަކު އަދި މީހުން ދިރިއުޅޭ ރަށްރަށުން ތިން މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 707 މީހަކަށެވެ. އޭގެ ތެރެއިން 69 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،748 ސާމްޕަލެވެ. އަދި މިހާތަނަށް ރާއްޖޭގައި 259،462 ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 12،487 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް މި ބަލީގައި 47 މީހުން މަރުވެފައި ވެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިދް-19 ޖެހިފައިވަނީ 13،248 މީހުންނަށެވެ.
https://twitter.com/HPA_MV/status/1336354738686865409
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް