އެމްޕީއެލް ތެލުގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީ...

08 Dec 2020 | 18:00

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

މި މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން ނިންމާފައިވަނީ އެމްޕީއެލްގެ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިޔާނާތުގެ އަމަލެއް ހިނގާފައިވޭތޯ ބެލުމަށް ތަހުގީގީ އިދާރާތަކަށް ހުށަހެޅުމާއި އިންޓާނަލް މެނޭޖުމެންޓު އޮޑިޓެއް ހެދުމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރާއިރު ފާއިތުވި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ ހޯދުމަށް ހިނގާފައިވާ ހުރިހާ ޓްރާންސެކްޝަނެއް ބަލައި، އެ ޓްރާންސެކްޝަން ތަކުގެ ތަހުގީގު ކުރުމަށް ޕޯޓްސް އާއި އެފްއެސްއެމްގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގު ކުރުމަށް އަންގަން ނިންމާފައިވެ އެވެ.

މީގެ އިތުރުން ދެ ކުންފުނީގެ އިންޓާނަލް މެނޭޖުމެންޓް އޮޑިޓެއް ހަދައި، ޕްރޮސެސް ރަނގަޅަށް އޮޑިޓުކޮށް ،އޮޑިޓާ ޖެނެރަލްގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެސްއޯއޯ ކޮމެޓީ އަށް އެ ރިޕޯޓު ފޮނުވުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

އަދި އިންޓާނަލް ކޮންޓްރޯލުތައް އެޅުމަށް އަޅާފައިވާ ފިޔަވަޅިތަކާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަދި އިތުރަށް އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ އަދި ފިޔަވަޅު އަޅަން ނިންމާފައިވާ ގޮތުގެ ޕްލޭނަކީ ކޮބައިތޯ އެމްޕީއެލް އިން ސާފުކުުރުމަށްވެސް ކޮމެެޓީ އިން ފާސްކޮށްފައިވެ އެވެ.

މި ހިޔާނާތް ހިންގާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމު ލޮކްޑައުންކޮށްފައި އޮތް ދުވަސް ވަރު އެވެ. މި މައްސަލައިގަ ބައިވެރިވެފައިވަނީ އެމްޕީއެލްއާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުންތަކެކެވެ. އެ މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފައި އެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް