މާލޭ ދެވިނަމަ މަގުގައި ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މެންދުރު ފަހު 2:03 ގައި ކަމަށެވެ.
ވެއްޓިފައި އޮއްވަ ފެނުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ ވެހިކަލްގައި އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަން ހުރި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ބަލަމުންނވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް