2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ވޯލްޑްކަޕް އަށް ކޮލިފައިވުމަށްޓަކައި ޔޫރަޕުގެ ކޮލިފައިން އަށް ގުރޫޕްތައް ކަނޑައަޅައިފިއެވެ.
މުބާރާތުގެ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ގެ އިތުރުން ސާބިއާ، އަޔަލެންޑް، ލަގްޒެންބާގް، އަޒަރަބައިޖާންއެވެ.
ގްރޫޕް ބީގައި ހިމެނެނީ ސްޕެއިން، ސްވިޑަން، ގްރީސް، ޖޯޖިއާ، ކޮސޯވީއެވެ.
ގްރޫޕް ސީގައި ހިމެނެނީ އިޓަލީ، ސްވިޒްލެންޑް، ނޯދަން އަޔަލެންޑް، ބަލްގޭރިއާ އަދި ލިތުއޭނިއާއެވެ.
ގްރޫޕް ޑީގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސް، ޔުކްރެއިން ، ބޮސްނިޔާ ، ފިންލޭންޑް އަދި ކަޒަކިސްތާން އެވެ.
ގްރޫޕް އީގައި ހިމެނެނީ ބެލްޖިއަމް، ވޭލްސް، ޗެކްރިޕަބްލިކް، ބެލްރޫސް، އެސްޓޯނިއާއެވެ.
ގްރޫޕް އެފްގައި ހިމެނެނީ ޑެންމާކް، އޮސްޓްރިއާ، ސްކޮޓްލެންޑް، އިޒްރޭލް، ފެރޯއައިލެންޑްގެ އިތުރުން މޮލްޑޯވާއެވެ.
ގްރޫޕް ގީޖައި ހިމެނެނީ ނެދަލޭންޑް، ތުރުކީ، ނޯވޭ، މެންޓެނެގީރޯ އާއި ލެޓްވިޔާ އިތުރުން ޖިބްރަލްޓާއެވެ.
ގްރޫޕް އެޗުގައި ހިމެނެނީ ކްރޮއޭޝިއާ، ސްލޮވޭކިއާ، ރަޝިއާ، ސްލޮވީނިއާ، ސައިޕްރަސް، މޮލްޑޯވާއެވެ.
ގްރޫޕް އައިގައި ހިމެނެނީ އިންގްލެންޑް، ޕޯލެންޑް، ހަންގޭރީ ، އަލްބޭނީޔާ ، އެންޑޯރާގެ އިތުރުން ސަންމަރިޔޯއެވެ.
ގްރޫޕް ޖޭގައި ހިމެނެނީ ޖާރުމަން، ރޫމޭނިއާ، އައިސްލެންޑް، ނޯތް މެސެޑޯނިއާ، އާމީނިއާ އަދި ލެސްޓެންސްޓެއިންއެވެ.
ވޯލްޑްކަޕް އޮންނާނީ 2022 ވަނަ އަހަރު ނޮވެންބަރު މަހުގެ 21 އިން ޑިސެންބަރުމަހުގެ 18 އަށް ގަތަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް